ކެނެޑާ އިން އުފައްދާ ކޮވިޑް ވެކްސިންގެ ކްލިނިކަލް ޓެސްޓުތައް ފަށައިފިއެވެ.
ކެނެޑާގެ ސައިމްވީވާ ކޯޕަރޭޝަނުން ވަނީ އެ ކުންފުނިން އުފައްދާ ކޮވިޑް ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓުކުރުމަށް އޮސްޓްރޭލިއާގައި ފަށާފައިވާ ފޭސް 1 ގެ ޓެސްޓުގައި އިންސާނަކަށް ވެކްސިން ދީފައެވެ.
ސައިމްވީވާ އިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ވެކްސިންގެ ފުރަތަމަ ޓެސްޓުތައް ފަށާފައިވަނީ އޮސްޓްރޭލިއާގެ ބްރިސްބޭންގެ ނިއުކްލިއަސް ނެޓްވޯކާ ގުޅިގެން ކަމަށް ފާހަގަކޮށްފައިވެއެވެ.
އެކުންފުނިން ބުނީ ސައިމްވީވާ ވެކްސިން އެހެން ވެކްސިނާ ތަފާތުވާނެ ކަމަށާއި އެގޮތުން އެ ވެކްސިން އިންޖެކްޝަން މެދުވެރިކޮށް ޖެހުމުގެ ބަދަލުގައި ބޭސް ގުޅައެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.
ކެޕްސޫލެއްގައި ވެކްސިން ދިނުމުގެ ސަބަބުން މީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވާނެ ކަމަށާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ވެސް ފަސޭހަވެގެން ދާނެ ކަމަށް ސައިމްވީވާ އިން ބުނެއެވެ.
ސައިމްވީވާ އިން އިތުރަށް ބުނީ ވެކްސިންގެ ޓެސްޓުތައް ނިމި އަންނަ އަހަރުގެ ކުރީކޮޅު ވެކްސިންގެ ނަތީޖާ ނެރެވޭވަރުވާނެ ކަމަށެވެ.
ކެނެޑާގެ ނެޝަނަލް ރިސާޗް ކައުންސިލުން ވަނީ ސައިމްވީވާއަށް ވެކްސިން އުފެއްދުމަށް އެހީގެ ގޮތުގައި 2.8 މިލިއަން ޑޮލަރު ދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ