އެޕަލްގެ އިވެންޓު "ވަން މޯ ތިންގް" ނޮވެމްބަރު 10 ގައި އޮންނާނެ ކަމަށް އިއުލާންކޮށްފިއެވެ.
އެޕަލް އިން މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ފަހު އިވެންޓުގައި އެކުންފުނިން އާމް ބޭސްޑް މެކް ލޯންޗު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެޕަލް އިން 2005 އިން ފެށިފެން މެކްގައި ބޭނުންކޮށްފައި ވަނީ އިންޓެލް ޕްރޮސެސާ އެވެ. ނަމަވެސް އަލުން އަންނަ މެކް ގައި އެޕަލް އިން އުފައްދާފައިވާ ސިލިކަން ޗިޕް ބޭނުންކުރާނެ ކަމަށް ޓެކް ސައިޓުތަކުގައި ބުނެފައި ވެއެވެ.
އެޕަލްގެ އިވެންޓުގައި މެކްގެ އާ އޯއެސް ވެސް ތައާރަފު ކުރުމަށް ހަމަޖެހިފައި ވެއެވެ.
އެޕަލްގެ އިވެންޓު "ވަން މޯ ތިންގް" ބޭނުންކުރަން ނިންމާފައިވާ އިރު، އެއީ އެޕަލްގެ ސީއީއޯ ސްޓީވް ޖޮބްސްގެ ހާއްސަ ބަހެކެވެ. ސްޓީވް ޖޮބްސް ވަނީ ކުރީގެ އިވެންޓުތަކުގައި ކީނޯޓް ސްޕީޗް ތަކުގައި ޕްރޮޑަކްޓް ލޯންޗުކުރަމުން "ވަން މޯ ތިންގް" އޭ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ