ފްލޮރިޑާ މީހަކު ކޮންޓެކްޓް ލެންސް ލައްވައިދޭ ރޮބޮޓެއް އުފައްދައިފިއެވެ.
ފްލޮރިޑާގެ ކްރެއިގް ހާޝޮފް އަކީ ލޮލުގެ ފެނުން ރަނގަޅުކުރުމަށް ހާއްސަ ބާވަތެއްގެ ލެންސެއް ބޭނުންކުރަން ޖެހޭ މީހެކެވެ. އޭނާ އެރޮބެޓް އުފެއްދުމުގެ އެންމެ މުހިއްމު ބޭނުމަކީ ލޮލަށް ލެންސު ލައްވައި ނެގުމަށް ޖެހިލުންވާ މީހުންނަށް ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ބުނެއެވެ.
އެރޮބޮޓް އޮޕަރޭޓް ކުރުމުގައި ވޮއިސް އެކްޓިވޭޓް ކޮށްގެން ވެސް ބޭނުން ކުރެވެއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށްވެސް މިއީ ބޭނުންކޮށްލަން ފަސޭހަވާނެ އީޖާދެއްކަމަށް އޭނާވަނީ ބުނެފައެވެ.
ރޮބޮޓުން ހާއްސަ ސަކްޝަން ކަޕް ތަކެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު ލޮލުން ލެންސް ނަގައި ލައްވައިދެއެވެ. ހާޝޮފްގެ އީޖާދަށް ކިޔާފައިވަނީ ކްލާރާ ލެންސް ރޮބޮޓް އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ