ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 91 އަށް އަރައިފިއެވެ.
ތުރުކީގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ އިޒްމީރް އަށް ބިންހެލުމުގެ ލޮޅުން އަރައި އެތައް އިމާރާތެއް ވެއްޓި އިމާރާތްތަކުގެ ދަށުގައި ގިނަބަޔަކު ތާށި ވިއެވެ.
ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމުން ހުއްޓުމެއް ނެތި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ގިނަ އަދަދެއްގެ ބަޔަކު އިމާރާތްތަކުގެ ދަށުން ވެސް އަންނަނީ ނަގަމުންނެވެ.
ރެސްކިއު ޓީމުން ވަނީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން 65 ގަޑިއިރު ފަހުން ތިން އަހަރުގެ ކުއްޖަކާއި 70 އަހަރުގެ މީހަކުވެސް ސަލާމަތް ކޮށްފައެވެ. ބިންހެލުމުގައި އެކިވަރުގެ އަނިޔާ ވެ 1000 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓާތަކުން ފަރުވާދީފައިވެއެވެ.
މިހާތަނަށް ތުރުކީގެ ހޮސްޕިޓަލުތަކުން 774 މީހުން ދޫކޮށްލާފައިވާކަމަށް ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެއެވެ. ދި ހާލުގައި ޖެހި ވަގުތީ ހިޔާތަކުގައި ގިނަބަޔަކު ތިބިއިރު ވަގުތީ ހިޔާތަކަށް 3500 ޓެންޓާއި 13000 އެނދު ވަނީ ތައްޔާރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ