ވާލަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ޖަނަވާރަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގުކުރަމުން އަންނަނީ، އައްޑޫ ސިޓީ ހިތަދޫގައި ވާލަކަށް މީހަކު އަނިޔާކުރި މައްސަލައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންގެ މީޑިއާއިން ބުނެ އެވެ.