ދުނިޔޭގެ އެންމެ ކުޑަ ބޯޓުގެ ސައިޒަކީ އިސްތައްޓެއްގެ ތިން ބައިކުޅަ އެއްބައޭ ބުނުމުން އެއީ ވިސްނައިލެވޭ ވަރަށްވުރެ ކުޑަ މިނަކަށް ވެދާނެ އެވެ.
ނެދަލޭންޑްގެ ލެއިޑެން ޔުނިވަސިޓީގެ ރިސާޗް ޓީމަކުން ހަދާފައިވާ މި ބޯޓު ހެދުމުގައި ހައި ޑެފިނިޝަން 3ޑީ ޕްރިންޓަރެއް ބޭނުންކޮށްފައިވާއިރު ބޯޓު ހެދުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކުން އެ ބޯޓު ބެލުމަށް ވަނީ އިލެކްޓްރޯން މައިކްރޮސްކޯޕެއް ވެސް ބޭނުން ކޮށްފައެވެ.
އެބޯޓު ހެދުމުގެ މަސައްކަތަކީ 3ޑީ ޕްރިންޓަރުގެ ކުޅަދާނަކަން ބެލުމަށް ކޮށްފައިވާ ޓެސްޓެއް ކަމަށް އެޓީމުން ބުނެފައި ވެއެވެ. ބޯޓުގެ ސައިޒުގައި 30 މައިކްރޯމީޓަރު ހުރެއެވެ.
ޓީމުގެ އަމާޒަކީ ކުރިޔަށް އޮތް މުސްތަގުބަލުގައި ކުދި ސާމާނު އުފައްދައި ބޭނުންތެރި މަސައްކަތް ތަކުގައި ބޭނުން ކުރުމަށް ބާޒާރަށް ނެރުން ކަމުގައި އެ ޓީމުން ބުނެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ