ޗައިނާގައި 10 އަހަރަށްފަހު ބޯހިމެނުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ގާތްގަނޑަކަށް ހަތް މިލިއަން މަސައްކަތްތެރިންނާއި ވޮލެންޓިއަރުން ބޭނުންކޮށްގެން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައި ބޯހިމެނުން ފަށާފައިވާއިރު މި މަސައްކަތުގައި ފުރަތަމަ ފަހަރަށް މޯބައިލް އެޕެއް ބޭނުން ކުރުމަށް ވެސް އެގައުމުން ވަނީ ނިންމައިފައެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެގައުމުގައި ދެމަސް ދުވަހުގެ ބޮޑު މަސައްކަތެއް ކުރާނެއެެވެ. އެމަސައްކަތުގައި ގޭގެއަށް ވަކިވަކީން ޒިޔާރަތްކުރުމަށް ހަމަޖެހިފައި ވެއެވެ.

ޗައިނާގައި ބޯހިމެނުން ކުރިޔަށް ދަނީ ކޮންމެ 10 އަހަރަކުން އެއް އަހަރުއެވެ. އެންމެފަހުން 2010 ވަނަ އަހަރު ބޯހިމެނި އިރު އެގައުމުގެ އާބާދީގައި 1،339،724،852 މީހުން ތިއްބެވެ.