ތޫފާން ގޯނި އަރައި ފިލިޕީންސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފިލިޕީންސް އަށް ތޫފާން ގޯނި އަރައި ހިނގި ހާދިސާތަކުގައި މިހާތަނަށް 10 މީހުން ވަނީ މަރުވެފައި ވެއެވެ.
ތޫފާނުގެ ބާރުގަދަ ވެ ވައިޖެހެމުން ދަނީ ގަޑިއަކު 225 ކިލޯމީޓަރުގައެވެ. ފިލިޕީންސްގެ އައްސޭރިފަށު ލުޒޮން އައިލެންޑާއި ވެރިރަށް މެނީލާއަށް ވެސް ތޫފާނުގެ އަސަރުވަނީ ކޮށްފައެވެ.
އެގައުމުގެ ޑިޒާސްޓާ އެޖެންސީ އިން ވަނީ މިހާތަނަށް 19 މިލިއަން މީހުންނަށް ތޫފާނުގެ ސީދާ އަސަރު ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމާއި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރު ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ފިލިޕީންސް އަކީ އަހަރެއްގެ މައްޗަށް އެވަރެޖްކޮށް 20 ތޫފާން އަރާ ގައުމެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް