ފިލިޕީންސްގެ މިނަޑަނާއޯއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް ފާޑިނަންޑް ރޮމިއުއަލްޑޭޒް މާކޯސް ޖޫނިއާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ފިލިޕީންސްގެ މިނަޑަނާއޯ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އަނިޔާވެފައެވެ.
ރައީސްގެ ތައުޒިޔާ މެސެޖުގައި ބިންހެލުމުގެ ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވައި، އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް ވަނީ މި ހިތްދަތި ދަނޑިވަޅުގައި ރާއްޖެ އޮތީ ފިލިޕީންސްގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާއާ ގުޅިގެން ފިލިޕީންސްގައި ކުރިއަށްދާ ރިކަވަރީ މަސައްކަތްތަކާއި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އަލީ ޔާމިން
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް