ފާމަސީ އެމްވީގެ ނަމުގައި ސިއްހީ ގިނަ ހިދުމަތްތަކާއި ތަކެތި އެއްތަނަކުން ލިބޭނެ ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

ފާމަސީ އެމްވީގެ އޮފިޝަލް ޕާޓްނަރަކީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑެވެ.

ފާމަސީ އެމްވީއަކީ އެއްތަނަކުން ގިނަ ވައްތަރުގެ ބޭހާއި ސިއްހީ ކަންކަމަށް ބޭނުންވާ އިކުއިޕްމަންޓާއި ހިދުމަތް ލިބިގެންދާނެ ރާއްޖޭގެ ފުރަތަމަ މިފަދަ ކޮލަބްރޭޓިވް ޕްލެޓްފޯމެވެ. ފާމަސީ އެމްވީގައި ބޭހާއި ސިއްހީ ކަންކަމަށް ބޭނުންކުރެވޭ ގިނަ ބާވަތްތަކުގެ އިތުރުން ބޮޑީކެއާ ބިއުޓީ އަދި ޕާސަނަލްކެއާ، ޕެއިން ރިލީފް، ޑައިބަޓިސް ކެއާ، ނިއުޓްރިޝަން ސަޕްލިމެންޓް، ބަރުދަން މެނޭޖްކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓް، މައިންނަށާއި ތުއްތު ކުދިންނަށް ބޭނުންވާ ސާމާނާއި އަންހެން އަދި ފިރިހެނުން ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު ގިނަ ޕްރޮޑަކްޓްސް ލިބެން ހުންނާނެއެވެ.

ފާމަސީ އެމްވީން ގަންނަ ތަކެތި ހިލޭ ޑެލިވާވެސް ކޮށްދެއެވެ.

ވެބްސައިޓުގެ އިތުރުން މޯބައިލް އެޕްލިކޭޝަން ބޭނުން ކޮށްގެންވެސް ފާމަސީ އެމްވީގެ ހިދުމަތްތައް ލިބޭނެއެވެ. ވެބްސައިޓްގެ ލިންކަކީ www.pharmacy.mv އެވެ. ފާމަސީ އެމްވީ އެޕްލިކޭޝަން އެޕްސްޓޯއިން އަދި ގޫގަލް ޕްލޭސްޓޯއިން ޑައުންލޯޑު ކޮށްލެވެން ހުންނާނެއެވެ. މި ހިދުމަތް ލޯންޗު ކުރެވުމާއެކު ފުރަތަމަ ދިހަ ދުވަހު ބޭސް ސިޓިއަށް ނަގާ ބޭހުގެ ބާވަތްތައް ފިޔަވައި އެހެން ހުރިހާ ޕްރޮޑަކްޓަކުން ދިހަ އިންސައްތަ ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

ފާމަސީ އެމްވީގެ މަގުސަދަކީ ފަސޭހަކަމާއި ސިއްހީގޮތުން ހިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. ފާމަސީ އެމްވީން އެޕޮއިންޓްމަންޓް ހަދައިގެން ގޭގެއަށް ގޮސް ބަލިމީހުންގެ ސާމްޕަލް ކަލެކްޝަން، ބްލަޑްޝުގާ ޗެކްކޮށްދިނުމާއި ނެބިއުލައިޒް ކުރުމާއި ޓިއުބް ފީޑިން އަދި އިންޖެކްޝަން ޖަހައިދިނުމުގެ ހިދުމަތުގެ އިތުރުންވެސް ވަރަށް ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެއެވެ.

ފާމަސީ އެމްވީ ވެބްސައިޓަށް ބޭސް ސިޓީ އަޕްލޯޑު ކޮށްލައިގެން ފަސޭހަކަމާއެކު ބޭސް ނެގުމާއި، އޮކްސިޖަން ކޮންސަންޓްރޭޓާ ނުވަތަ ފުރޮޅުލީ ގޮނޑި ފަދަ މެޑިކަލް އިކުއިޕްމަންޓް ކުއްޔަށް ނެގުމާއި އެފަދަ ތަކެތި ގަނެވެންވެސް ހުންނާނެއެވެ.

ޕާމަސީ އެމްވީގެ ޓީމުން ބުނީ ވަސްޓްއެޕް މެދުވެރިކޮށް ކަސްޓަމާ ކެއާގެ ހިދުމަތް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.