މޯލްޑިވް ގޭސްގައި އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުންނަށް ހިލޭ ލުއިފުޅިއެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
މޯލްޑިވް ގޭހުން ބުނީ، "ލުއި ހިލޭ"ގެ ނަމުގައިި މާލެ ސަރަހައްދަށް ހާއްސަ ކޮށްގެން މިއަދު ފެށި އެ ޕްރޮމޯޝަނުގައި އަލަށް ރަޖިސްޓްރީވާ ކޮންމެ ކަސްޓަމަރަކަށް ލުއިފުޅިއެއް ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަނުގެ ދަށުން އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުން ދައްކަން ޖެހޭނީ ގޭހަށް ދައްކަން ޖެހޭ 200 ރުފިޔާ އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.
ލުއިފުޅީގެ ސްޓޮކް ހުސްވަންދެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން އަލަށް ރަޖިސްޓްރީ ވާން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ހޮޓްލައިން 1616 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.
މޯލްޑިވް ގޭހުން ބުނީ، އެ ކުންފުނީގެ ކައްކާ ގޭހަކީ މި ސަރަހައްދުގައި ވެސް ލިބެން ހުރި އެންމެ ކޮލިޓީ ރަނގަޅު ކައްކާ ގޭސް ކަމަށާއި ގޭހުގެ ލުއިފުޅިއަކީ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ އުފެއްދުމެއް ކަމަށެވެ.
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް