ކޮވިޑްގެ ދެވަނަ ރާޅާއެކު ލަންކާގައި ބަލިފެތުރެނީ ކުރިޔަށްވުރެ ހަލުވިކަމާއެކު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ލަންކާގެ ޔުނިވާސިޓީއޮފް ސްރީ ޖަޔެވަރްދަނެޕޫރާގެ ސައިންސްވެރިންގެ ޓީމަކުން ވަނީ ވައިރަސްގެ ޖީން ބޭނުންކޮށްގެން ހާއްސަ ދިރާސާއެއް ކޮށްފައެވެ.
މި ދިރާސާއިން އެނގުނީ ވައިރަސް އިތުރަށް ބާރުގަދަވެފައިވާ ކަމަށާއި ވައިރަސް ޓްރާންސްމިޓް ވާ މިންވަރު އަވަސް ކަމަށް ފާހަގަކުރެވިފައިވާކަން ކަމަށް ދިރާސާ ކުރި ޓީމުން ބުނެ އެވެ.
ލަންކާގައި ކޭސްތަކުގެ އަދަދު 10،000 އިން މައްޗަށް އަރާފައިވާއިރު އެގައުމުން ވަނީ ބަލިޖެހިގެން 20 މީހުން މަރުވެފައެވެ.
ލަންކާއަށް ކޮވިޑްގެ ދެވަނަ ރާޅު އޮކްޓޯބަރުގެ ހަތަރުވަނަ ދުވަހު އެރިއިރު އެގައުމުގެ ކޭސްތަކުގެ އަދަދު ހުރީ 3396 ގައެވެ. އަދި އޭރު އެގައުމުން މަރުވެފައިވަނީ 13 މީހުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ