ތުރުކީ އާއި ގްރީސްއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.
އަޖީއަން ކަނޑަށް އައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ވެފައިވާ ތުރުކީގެ އިޒްމީރް ޕްރޮވިންސުން މިހާތަނަށް 24 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު ގްރީސް ގެ ސަމޯސް އައިލެންޑުން ދެ މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
ތުރުކީގެ އިޒްމީރް ސިޓީގެ މޭޔަރު ތުންކް ސޯޔާ ވަނީ އެސިޓީގެ 20 އިމާރާތަކަށް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. 7.0 ގެ ބާރު ގަދަ ބިންހެލުމަށްފަހު 196 ކުދި ލޮޅުން އައިސްފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
ގެއްލުން ވެފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ސަލާމާތްކުރުމަށް 17 އިމާރާތެއްގައި ރެސްކިއު ޓީމުތަކުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ. މީގެ ތެރެއިން ހަތަރު އިމާރާތެއް ބިމާ ހަމަވެފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ