އަޖީއަން ކަނޑަށް އައި ބާރުގަދަ ބިންހެލުމެއްގައި ތުރުކީއަށް ގެއްލުންތަކެއް ވެއްޖެއެވެ.
އަޖީއަން ކަނޑަށް އައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ތުރުކީގެ އިޒްމީރް ޕްރޮވިންސަށެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ދައްކާ ގޮތުގައި އެ ބިންހެލުމުގެ އަސަރު ތުރުކީގެ އިސްތަންބޫލާއި ގްރީސްގެ އެތަންސްއަށް ވެސް ފޯރާފައިވެއެވެ.
އެ ބިންހެލުމުގައި މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އެކަމުގެ ތަފްސީލެއް ކަމާ ބެހޭ އިދާރާތަކުން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުގައި އިޒްމީރު ޕްރޮވިންސްގެ ބިލްޑިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ބިންހެލުން އައުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނުކުމެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ