111 ފޫޓް ލެގޯ ބްރިޖަކާއެކު ދުނިޔޭގެ ރެކޯޑް މުގުރާލައިފިއެވެ.
އިނގިރޭސިވިލާތުގެ މިއުޒިއަމެއްގައި 205،000 ލެގޯ ބްރިން ބޭނުންކޮށްގެން ހަދާފައިވާ ބްރިޖުގެ ދިގުމިނުގައި ޖުމްލަ 111 ފޫޓާއި 6 އިންޗި ހުރެއެވެ.
ސިވިލް އިންޖީނިއަރުންގެ ހާއްސަ އިރުޝާދާއެކު ހަދާފައިވާ އެބޮޑު ބްރިޖު ގީނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދައިފައިވަނީ އެ ބްރިޖުގައިވާ އެއްވެސް ސަޕޯޓެއް ނެތި އެއްކޮޅުން އަނެއްކޮޅަށް ހަރުކޮށްފައިވާ ލެގޯތަކުގެ ސަބަބުންނެވެ. މިލެގޯތަކުގެ ދިގުމިނުގައި 55 ފޫޓު 11 އިންޗި ހުރެއެވެ.
2016 ވަނަ އަހަރު ހަމަ މިރެކޯޑު 55 ފޫޓު 5.64 އިންޗި ހުރި ބްރިޖެއް ހަދައިގެން ރެކޯޑް ފޮތުން ޖާގަ ހޯދައިފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ