ދުނިޔެ

ފްރާންސްގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން 7000 ސިފައިން ނެރުމަށް ނިންއިފި

މުހައްމަދު އައުޒަމް

ފްރާންސްގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން 7000 ސިފައިން ނެރުމަށް ނިންއިފިއެވެ.

ފްރާންސުގެ ނީސްގެ ޗާޗެއްގައި ވަޅިން ހަމަލާދީ ތިން މީހަކު މަރާލައި އިތުރު ބަޔަކު ޒަހަމް ކޮށްލުމާއެކު އެގައުމުގެ ސިޓީތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް މެކެރަން ވަނީ ނިންމަވައިފައެވެ.

ވަޅިން ހަމަލާ ދިން ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މެކަރަން ވަނީ ފްރާންސުގެ ސިޓީތަކުގެ މުހިންމު ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރު އެގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ 3000 ސިފައިންގެ އަދަދު 7000 އަށް އިތުރުކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

މެކަރަން ވަނީ އެހަމަލާއަކީ އިސްލާމިކް ޓެރަރިސްޓު ހަމަލާއެއް ކަމުގައި ވެސް ސިފަކުރައްވައިފައެވެ. އަދި މުޅި ގައުމު އެކުގައި މިކަމާ ދެކޮޅަށް ކަސައްކަތް ކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައި ވެއެވެ.

ނީސްގެ ޗާޗުގައި ހަމަލާ ދީފައިވަނީ އުމުރުން 21 އަހަރުގެ ޓިއުނީޝިއާ މީހެއް ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އޭނާ ފްރާންސަށް ގޮސްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށްވެސް ބުނެފައި ވެއެވެ.