އިންޑިއާގެ ޔޫނިއަން މިނިސްޓަރު ސްމްރިޓީ އިރާނީ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އިންޑިއާގެ ޔޫނިއަން މިނިސްޓަރު ސްމްރިޓީ އިރާނީ ކޮވިޑަށް ޕޮޒިޓީވްވެފައިވާ އިރު، ފާއިތުވި ދުވަސްތަކުގައި އެކަމަނާ އާއި ދިމާވި މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
އިންޑިއާގެ ޓެކްސްޓައިލްސް އަދި ވިމެންސް އެންޑް ޑެވެލޮޕްމަންޓް މިނިސްޓަރު އިރާނީ ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ.
އިންޑިއާއިން ކޮންޓްރޯލް ނުވެ ކޮވިޑް ފެތުރެމުންދާ އިރު، އެގައުމުގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވަނީ ކޮވިޑުގެ ތަޖުރިބާކޮށްފައެވެ. މީގެ ކުރިން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއަށް ވެސް ކޮވިޑް ޖެހިގެން ފަރުވާ ހޯދައި ރަނގަޅުވެފައިވާ އިރު، އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ވެސް ވަނީ މި ލިސްޓުގައި ހިމެނިފައެވެ. މީގެ އިތުރުން ޕެޓްރޯލިއަމް މިނިސްޓަރު ވެސް ވަނީ މީގެ ކުރިން ޕޮޒިޓިވްވެފައެވެ.
އިންޑިއާގައި ކޮވިޑް ފެތުރުން އިތުރުވެ، ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ އަށް މިލިއަނުން މައްޗަށް އަރައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ