ހާލީ ޑޭވިޑްސަން އިން އުފެއްދި އީ ބައިސްކަލު އަންނަ އަހަރު ބާޒާރަށް ނެރޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ. އެ ކުންފުނީން ބުނީ އިތުރު މައްސަލަތަކެއް ކުރިމަތި ނުވެ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި މި ބައިސިކަލް ބާޒާރަށް ނެރެވޭނެ ކަމަށެވެ.

ހާލީ ޑޭވިޑްސަންގެ އާ ވެންޗާ ކުންފުނި ސީރިއަލް-1 އިން އުފައްދާފައިވާ އީ ބައިސްކަލު ދައްކާލާފައިވާއިރު މިއީ އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އާ ކަމަކަށް އުއްމީދު ކުރާ މީހުންނަށް ހާއްސަކޮށް އުފެއްދި ބައިސްކަލެއް ކަމަށް އެކުންފުނިން ބުނެއެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހާލީ ޑޭވިޑްސަންގެ ވިޔަފާރިވަނީ %47 ދަށް ވެފައެވެ.

ހާލީ ޑޭވިޑްސަން އިން އުފެއްދި އީ ބައިސްކަލު އޭގައި ހަރުކޮށްފައި ހުންނަ ބެޓަރީގެ އިތުރުން ޕެޑަލް ބޭނުން ކޮށްގެން ވެސް މަސައްކަތް ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.