ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ޓްރެވިންޑްރަމަށް ހަފްތާއަކު ދެ ދުވަހު ދަތުރުތައް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު ޓްރެވިންޑަރަމަށް ދަތުރުތައް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގަކީ 325 ޑޮލަރު ކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ.
މީގެ އިތުރުން މޯލްޑިވިއަން އިން ބުނީ، ޓްރެވެންޑްރަމަށް ދަތުރުކުރުމަށްޓަކައި މުއްދަތު ހަމަ ނުވާ ޕާސްޕޯޓެއް ބޭނުންވާނެ ކަމަށާއި ދަތުރު ފެށުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭޝަންގެ އިމުގަ ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
ޓްރެވެންޑްރަމަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކަށް ޓިކެޓު ބުކްކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، އެ ދަތުރުތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3335544 ގުޅުމަށް މޯލްޑިވިއަނުން އެދެއެވެ.
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން