ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެ ވޭތުވެދިޔަ 24 ގަޑިއިރު 457 ކޭސް ފެނިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
ލަންކާއިން މިމަހުގެ ކުރީކޮޅު ފެނިފައިވާ ކޮވިޑްގެ ކްލަސްޓާއާ އެކު އެގައުމުގެ ގިނަ ސަރަހައްދުތަކަކުން ވަނީ ކޭސްތައް ފެންނަން ފަށާފައެވެ.
އެގައުމުން މިހާތަނަށް ފެނުނު އެންމެ ބޮޑު ކްލަސްޓާ މިނުވަންގޮޑާ އާއި ޕެލިޔަގޮޑާ އިން މިހާތަނަށް 5396 ކޭސް ވަނީ ރެކޯޑުކޮށްފައެވެ.
ލަންކާއިން ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު އަށް ހާހަށް ކައިރިކޮށްފައިވާއިރު އެގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ.
ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާއިރު އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ވެސް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވް ވުމާއެކު ވަނީ 2 ދުވަހުގެ މުއްދަތަކަށް ތަން ބަންދުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ