ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކޮލިން ފާނެންޑެޒް އޭނާގެ ސްޓާފަކަށް ހަދިޔާއަކަށް ކާރެއް ދީފިއެވެ. އެގޮތުން ޖެކޮލިން އޭނާގެ އެ މުވައްޒަފަށް ކާރު ހަދިޔާ ކުރީ އިންޑިއާގައި ފާހަގަކުރާ މުނާސަބަތެއް ކަމަށްވާ ދުސެއްރާ ހަދިޔާއެއްގެ ގޮތުގައެވެ.
އެގޮތުން ޖެކޮލިން އެ ކާރު ހަދިޔާކުރީ އޭނާ ބޮލީވުޑަށް ތައާރަފުވި އިރުންފެށިގެން އޭނާއަށް މަސައްކަތް ކޮށްދިނުމުގައި ދެމިހުރި މުވައްޒަފަކަށެވެ. އެ ކާރު ހަދިޔާކުރީ ޖެކޮލިން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "އެޓޭކް" ގެ ސެޓްގެ ތެރޭގައެވެ. އޭރު އޭނާ ހުރީ ޝޫޓް ކުރުމަށް ޓްރެފިކް ފުލުހުންގެ ޔުނީފޯމް އަޅައިގެންނެވެ.
ފިލްމު "ކިކް" އިން ގިނަބައެއްގެ ސަޕޯޓް ހޯދި ޖެކޮލިން ވަނީ މީގެ ކުރިން އޭނާގެ މޭކަޕް އާޓިސްޓަށް ވެސް ކާރެއް ހަދިޔާކޮށްފައެވެ. އާއްމުންގެ ތެރޭގައި ޖެކޮލިން ބޮޑަށް މަޝްހޫރު ވެފައިވަނީ އޭނާގެ ހިތްހެޔޮ މިޒާޖުގެ ސަބަބުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން