ރޭ ކުޅުނު އެލް ކްލެސިކޯއިން ބަލިވެ، ބާސެލޯނާގެ ކޯޗު ރޮނަލްޑް ކޫމަންގެ ފާޑުކިޔުންތައް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)އަށް އަމާޒުކޮށްފިއެވެ.
ރެއާލް މެޑްރިޑާ ދެކޮޅަށް ރޭ ބާސާއިން ކުޅުނު މެޗުން އެޓީމު ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ރެއާލުން ޖެހި ދެވަނަ ގޯލަކީ ވީއޭއާރު ރިވިއުއަކަށްފަހު ރެފްރީ ދިން ޕެނެލްޓީއަކުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ޖެހި ގޯލެކެވެ. އެ ޕެނެލްޓީއާއެކު މެޗުގެ އޮއިވަރު ވަރަށް ބޮޑަށް އެނބުރިގެން ދިޔައެވެ. މެޗަށްފަހު ރާމޯސް ބުނީ އެއީ ރަނގަޅު ނިންމުމެއް ކަމަށާއި، ބާސާގެ ޑިފެންޑަރު ކެލްމެންޓް ލެންގެލޭ އޭނާގެ ޖާޒީގައި ހިފައި ވައްޓާލި ކަމަށެވެ.
އެހެން ނަމަވެސް ރާމޯސްގެ އެ ވާހަކަތަކާ ކޫމަން ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. މެޗަށްފަހު އޭނާ ވަނީ ޓެކްނޮލޮޖީގެ އެހީގައި ނިންމާ ނިންމުންތައް އަބަދުވެސް ބާސާއާ ދެކޮޅަށް ބޭނުންކުރާ ކަމަށް ބުނެ ފާޑުކިޔައިފައެވެ.
"އަހަރެން އެއްބަހެއް ނުވަން ރެފްރީގެ ނިންމުމަކަށް. އެއީ ޕެނެލްޓީއެއް ނޫން. އަހަރެން ބޭނުންވޭ ސްޕެއިންގައި ވީއޭއާރު ބޭނުންކުރާ ގޮތުގެ ތަފްސީލުތައް. އެއީ ވަކި އުސޫލެއް ނުގެންގުޅޭތީ. ބާސާއިން ކުޅުނު ފަސް މެޗުގައިވެސް ވީއޭއާރު ބޭނުންކުރީ އަހަރެމެންނާ އިދިކޮޅަށް. މެސީއަށް ސެވިއްޔާ މެޗުގައި ކުރި ފައުލަށް ޕެނެލްޓީއެއް ނުދޭ. ގެޓާފޭއިން ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ދެ ނުރައްކާތެރި ފައުލަށް ރަތް ކާޑުވެސް ދައްކައިފައެއް ނުވޭ. އެ ކަންކަން ވީއޭއާރުން ނުވެސް ބަލާ،" ކޫމަން ބުންޏެވެ.
މެޗަށްފަހު ކޫމަން ބުނީ އެވަގުތު އޭނާ ލެންގްލޭއާ ވާހަކަ ނުދެއްކި ނަމަވެސް އެ ފުޓޭޖު ފެނުނު ކަމަށާއި ރެއާލަށް ޕެނެލްޓީއެއް ދޭ ވަރުގެ ފައުލެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ރޭގެ މެޗުގެ އޮއިވަރު އެއްކޮށް ބަދަލުކޮށްލީ ޕެނެލްޓީ ކަމަށްވެސް ކޫމަން ބުންޏެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ