ބޮލީވުޑްގެ މަޝްހޫރު އަދި ޒުވާން ލަވަކިޔުންތެރިޔާ ނެހާ ކައްކަރު ކައިވެނި ކޮށްފިއެވެ.
މިއަދު ދިއްލީގައި ބޭއްވި ހާއްސަ ހަފާލާއެއްގައި ނެހާ ކައިވެނި ކޮށްފައިވަނީ މަޝްހޫރު ޕަންޖާބުގެ ލަވަކިޔުންތެރިޔާ ރޯހަންޕްރީތު ސިންގް އާ އެވެ. ނެހާ އަދި ރޯހަންޕްރީތު އެދެމީހުންގެ ކައިވެންޏާ ގުޅިގެން ބާއްވާ ރިސެޕްޝަން އޮންނާނީ ޕަންޖާބުގައެވެ.
ނެހާ އަދި ރޯހަންޕްރީތު އެދެމީހުންގެ ގުޅުން ރަސްމީކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. އެގޮތުން ނެހާ ވަނީ އިންސްޓަގްރާމުގައި ހިއްސާ ކުރި ޕޯސްޓެއްގައި އޭނާއަށް ރޯހަންޕްރީތު ދެކެ ފުރަތަމަ ނަޒަރުން ވެސް ލޯބި ވެވުނު ކަމަށް ބުނެފައެވެ.
ނެހާ އަދި ރޯހަންޕްރީތު ވަނީ މިދިޔަ ހަފްތާގައި އެދެމީހުން އެކީގައި ފެނިގެންދާ ވީޑިއޯ ލަވަ "ނެހޫ ދަ ވިޔާ" ވެސް ރިލީޒްކޮށްފައެވެ. ނެހާ އަދި ރޯހަންޕްރީތުގެ ސަޕޯޓަރުންނަށް ވަނީ އެލަވަ ވަރަށް ކަމުގޮސްފައެވެ.
ނެހާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފިލްމު "އާރިޔާން" އިން ބޮލީވުޑަށް ތައާރަފުވި ހިމާންޝް ކޮލީއާ އެވެ. މިއަހަރު ފެށުނު ހިސާބު ކުރިއަށް ދިޔަ އިންޑިއަން އައިޑަލް ޝޯގެ ތެރެއިން ވަނީ ނެހާ އާއި މަޝްހޫރު ހޯސްޓް އަދި ލަވަކިޔުންތެރިޔާ އަދިތިޔާ ނާރާޔަން އާއި އިންނަން އުޅޭކަމުގެ އަޑުތަކެއްވެސް ފެތުރިފައެވެ. އެހެންނަމަވެސް ފަހުން ނެހާ ވެސް އަދިތިޔާ ވެސް ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން