ފަނަރަ އަހަރު ވަންދެން ކޯމާއެއްގައި އޮތް ސައުދީ ޕްރިންސް ހަރަކާތްކުރަން ފަށައިފިއެވެ.

ސައުދީ ޕްރިންސް އަލް ވަލީދް ބިން ހާލިދް އަލް ސައުދުގެ އަތް ހަރަކާތްކުރި ވީޑިއޯއެއް ވަނީ އާއިލާގެ ފަރާތުން އާންމު ކޮށްފައެވެ. ވީޑިއޯ އިން ފެންނަ ގޮތުން ޕްރިންސް އޮތް އެނދު ކައިރީގައި ހުރި މީހަކު ގޮވައިލުމުން އަތުގެ އިނގިލި ހަރަކާތް ކުރެއެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގައިވެސް ޕްރިންސް ހަރަކާތް ކޮށްފައިވާ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ޕްރިންސް އަލް ވަލީދް ވަނީ 2005 ވަނަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސިކުނޑިއަށް އަނިޔާ ވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފައެވެ.

ޕްރިންސް އަލް ވަލީދަށް ފަރުވާދިނުމަށް ޝާހީ އާއިލާއިން ވަނީ ކުރަން ޖެހޭ ހުރިހާ ހޭދައެއް ކޮށްގެން ނަމަވެސް ގާތުން ބަލައި ރަނގަޅުވާނެ ކަމަށް އުންމީދުކޮށްފައެވެ.