ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން ޓިކްޓޮކް ކުޅެން ފަށައިފިއެވެ. ޒުވާނުންގެ ތެރޭގައި މަޝްހޫރު ނަމުން ނަމަ ކައި، ޓިކްޓޮކް ކުޅެން ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީސް ވަނީ އޭނާގެ ފްލޯވަރުންގެ އަދަދު ހާހަކަށްވުރެ މައްޗަށް އަރާފައެވެ.
ކުއްލިއަކަށް ކައި ޓިކްޓޮކް ކުޅެން ފެށުމުން ގިނަ ބަޔަކު ސުވާލުކުރާތީ ކައި ވަނީ މިއަދު އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރި ޕޯސްޓެއްގައި ސަބަބު އޮޅުން ފިލުވަދީފައެވެ. އެގޮތުން ކައި ބުނީ އޭނާ ޓިކްޓޮކް ކުޅެން ފެށީ ސައުތު އޭޝިއަން ޓީމަކުން ޓިކްޓޮކް ކުޅެން ފަށަން ދިން ދައުތަކަށް ކަމަށެވެ.
ކައިޒީން ވަނީ އޭނާގެ ހުރިހާ ސަޕޯޓަރުން އޭނާގެ ޓިކްޓޮކް އެކައުންޓަށް ފްލޯ ކުރުމަށް ވެސް އެދެފިއެވެ. ކައިޒީން އޭނާގެ ޓިކްޓޮކް އެކައުންޓްގައި ފުރަތަމަ ޕޯސްޓް ކޮށްފައިވަނީ މިނިކާ ވަގަކާ ވައްތަރުގެ ޖަމްޕްސޫޓެއް ލައިގެން ހުރި ދެ ވީޑިއޯއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން