ބޮލީވުޑްގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަންގެ މަންމަ ޕިންކީ ރޯޝަން ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕިންކީ ވަނީ އިންޑިއާގެ ބައެއް މީޑިއާތަކަށް މިކަން ކަށަވަރުކޮށްދދީފަ އެވެ.

ޕިންކީ ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވީނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ބުނެފައެވެ. އަދި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ 20 ދުވަހަކަށް ފަހު ކޮވިޑް ޖެހިފައި ހުރިތޯ ބެލުމަށް ޓެސްޓް ކުރަމުން އަންނަ ކަމަށެވެ.

ޕިންކީ ބުނީ އޭނާއަށް ކޮވިޑް ޖެހުނު ފަހުން ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިއަދުގެ ވަގުތެއްގައި ދެވަނަ ފަހަރަށް ޓެސްޓް ކުރާނެ ކަމަށެވެ. ޕިންކީ ދިރިއުޅެމުން އަންނަނީ އަންހެން ދަރިފުޅު ސުނެއިނާ ރޯޝަން އަދި އޭނާ މާމަ ކުދިންނާ އެކުގައެވެ.