އދ.ގެ ސަބް ކޮމިޓީއަކަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖޫން މުހައްމަދު އިންތިހާބުކޮށްފިއެވެ.
ޝުޖޫން އިންތިހާބުކޮށްފައިވަނީ، އަނިޔާއާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް 2021 ވަނަ އަހަރުން 2024 ވަނަ އަހަރަށް އދ.އިން އެކުލަވާލައިފައިވާ ސަބް ކޮމިޓީގެ ގޮނޑިއަށެވެ.
ސަބް ކޮމިޓީގެ ގޮނޑިއަށް ޝުޖޫން އިންތިހާބު ކުރީ މިއަދު ޖެނީވާގައި ބޭއްވި އިންތިހާބުގައެވެ. އެ އިންތިހާބު ސުޖޫން ކާމިޔާބު ކުރީ 19 ބޭފުޅަކާ ވާދަކޮށެވެ.
ޝުޖޫން ވަނީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އދ.ގެ ސަބް ކޮމިޓީއަށް އިންތިހާބުވެފައެވެ. އެގޮތުން 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުން 2018 ވަނަ އަހަރަށް ބޭއްވި ސަބް ކޮމިޓީގެ އިންތިހާބުވެސް ޝުޖޫން ވަނީ ކާމިޔާބުކޮށް، އެ ކޮމިޓީގެ މެންބަރުކަން ކޮށްފައެވެ.
ރާއްޖެއަކީ އޮޕަރޭޝަން ޕްރޮޓޮކޯލް އޮފް ކޮންވެންޝަން އަގެއިންސްޓް ޓޯޗާ (އޯޕީސީއޭޓީ)ގެ ބައިވެރިވެރިއެކެވެ. އަދި ރާއްޖެއިން ވަނީ ލާއިންސާނީ އަމަލުތައް ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކާއި މުއާހަދާތަކުގައި ބައިވެރިވެފައިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު