މަޝްހޫރު ބަތަލާ އަދި މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސްގެ ހަތްވަނަ ސީޒަން ކާމިޔާބު ކުރި ގޯހަރު ހާން މިއަންނަ ނޮވެމްބަރު މަހު ކައިވެނި ކުރަން އުޅޭކަމުގެ އަަޑުތަކެއް ފެތުރިއްޖެ އެވެ.

މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޯހަރު މިއަންނަ މަހުގެ 22 ގައި ކައިވެނި ކުރަން އުޅެނީ އޭނާގެ ލޯބިވެރިޔާ ޒައިދް ދަރުބާރު އާ އެވެ. ގޯހަރު އަދި ޒައިދުގެ ވަރަށް ގާތް މީހަކާ ހަވާލާދީ މީޑިއާގައި ބުނެފައިވާ ގޮތުގައި، އެދެމީހުންގެ ކައިވެނީގެ ބައިވެރިވުމަށް ގޯހަރުގެ ދައްތަ ނިގާރު އަދި އެހެން އާއިލީ މެންބަރުން މިއަންނަ މަހު ފެށޭކޮޅު އިންޑިއާއަށް ދާނެއެވެ.

އެދެލޯބިވެރިންގެ ކައިވެނީ ހަފްލާތައް ދެދުވަހަށް ދަންމާލާއިރު، ކައިވެނީގެ ހަފްލާތަކުގައި ބައިވެރިވާނީ ދެފަރާތުގެ އާއިލީ މެންބަރުންނާއި ގޯހަރު އަދި ޒައިދްގެ ގާތް ރަހްމަތްތެރިންނެވެ. ގޯހަރު އަދި ޒައިދްގެ ކައިވެނީގެ ހަފްލާ ކުރިއަށް ދާނީ މުމްބާއީގައެވެ.

ގޯހަރާއި ޒައިދަށް ކައިވެންޏާ ގުޅޭގޮތުން މީޑިއާއިން ސުވާލުކުރުމުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ގޯހަރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިމަހު 3 ގައި ފެށި ބިގްބޮސްގެ 14 ވަނަ ސީޒަންގެ ތެރެއިންނެވެ.