ފުއްޕާމޭގެ ކެންސަރު ޖެހި ފަރުވާ ހޯދަމުންދިޔަ ބޮލީވުޑްގެ މަޝްހޫރު ބަތަލް ސަންޖޭ ދަތު، އެ ބަލިން އެއްކޮށް ރަނގަޅުވެފައިވާ ކަމަށް އިއުލާން ކޮށްފިއެވެ.
ސަންޖޭ މިއަދު ކުރި ޓުވީޓެއްގައި ބުނީ، ވޭތުވެދިޔަ ދެތިން ހަފްތާ ދުވަސް ވެފައިވަނީ އޭނާގެ އާއިލާއަށާއި އޭނާއަށް ވަރަށް އުނދަގޫ ދުވަސްތަކަކަށް ކަމަށެވެ. އަދި އޭނާގެ އެއްމާބަނޑު ދެކުދިންނަށް 10 އަހަރު ފުރޭ ދުވަހުގައި ކެންސަރު ބަލިން ރަނގަޅުވެފައިވާކަން އިއުލާން ކުރުމަކީ ލިބޭ އުފަލެއް ކަމަށް ބުންޏެވެ.
ސަންޖޭގެ ޓުވީޓުގައި އޭނާއަށް ހެޔޮ ދުއާ ކޮށްދީ، ހިތްވަރުދިން ހުރިހާ ސަޕޯޓަރުންނަށާއި އޭނާއަށް ފަރުވާދިން ޑރ ސެވަންތީ އަދި ކޮކިލާބެން ހޮސްޕިޓަލްގެ ހުރިހާ ނަރުހުންނަށާއި މެޑިކަލް ސްޓާފުންނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ސަންޖޭ އަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނު ހިސާބުން އޭނާ ވަނީ ބައްޔަށް ފަރުވާ ހޯދުމަށް މަހެއްހާ ދުވަހު އެކްޓިންއާ ދުރުގައި ހުރެފަ އެވެ. ނަމަވެސް ފުރަތަމަ ކީމޯތެރަޕީ ސެޝަނަށްފަހު ސަންޖޭ ވަނީ އެނބުރި ފިލްމީ މަސައްކަތަށް ނުކުމެފަ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން