ވ. ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިޔަށް އެބަދާ ކަމަށާއި، 58 އިންސައްތަ މަސައްކަތް މިހާރު ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު މި މަޝްރޫއުގެ ދަށުން ކުރަމުން އަންނަ މަސައްކަތަކީ ރަކީދޫ ބަނދަރުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓްގެ މަސައްކަތް ކަމަށެވެ. އަދި ރަކީދޫ ބަނދަރުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ރަކީދޫގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 429 ސްކުއެއާ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓު ހަދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ރަކީދޫ ބަނދަރުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި މަޝްރޫއަކީ 18.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ