ދިރާގުން ކުރިއަށް ގެންދާ ދިރާގު ޓީވީގެ ޕްރޮމޯޝަންގެ މުއްދަތު ޑިސެންބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ދިރާގުން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450 ރުފިޔާ އަށް ލިބިގެންދާނެ ކަމަށެވެ. އެއީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފިލްމުތަކާއި ޑްރާމާތަކާއި މުނިފޫހިފިލުވުމުގެ އެކިއެކި ޕްރޮގުރާމްތައް، 100 އަށް ވުރެ ގިނަ ޗެނަލުން ހެޔޮ އަގެއްގައި ބަލައިލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ދިރާގު ޓީވީން މިހާރު ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާގެ ޗެނަލްތަކާއި ޒީގެ މުޅީން އާ ޗެނަލްތައް ވެސް ލިބޭނެ ކަމަށް އެ ކުންފުނީން ބުނެއެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 73 އިންސައްތަ ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައި ކަމަށް އެ ކުންފުނީން ބުނެއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީ ގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

ދިރާގުން ބުނީ، އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ، ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިރާގު ޓީވީ އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3kr98LW