ސަންޖޭ ލީލާ ބަންސާލީ މިއަންނަ އަހަރު ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން ނިންމާފައިވާ ފިލްމު "ބައިޖޫ ބަވްރާ" ގެ ލީޑްރޯލުތަކުން ފެނިގެންދާނީ މަޝްހޫރު ފަންނާނުން ކަމަށްވާ އާލިއާ ބަޓް، ދިޕިކާ ޕަޑްކޯނު އަދި ރަންބީރު ކަޕޫރު ކަމަށް އިންޑިއާގެ މުނިފޫހިފިލުވާ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފިއެވެ.
ބަންސާލީ "ބައިޖޫ ބަވްރާ" ނަމުގައ ފިލްމެއް އުފައްްދަން އުޅޭ ކަން އިއުލާންކުރި ހިސާބުން ފިލްމުގެ ކާސްޓާ ބެހޭ ގޮތުން އެކި އަޑުތައް ވަނީ އަރައިފައެވެ. އެގޮތުން ޕްރިޔަންކާ ޗޯފްރާ އާއި ރަންވީރު ސިންގް އާއި އަޖޭ ދޭވްގަން އަށް ވެސް "ބައިޖޫ ބަވްރާ" ހުށަހެޅި ކަމަށް ބުނާ ވާހަކަތަކެއް ކުރިން ވަނީ ދެކެވިފައެވެ.
މީޑިއާގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، ބަންސާލީގެ "ބައިޖޫ ބަރްވާ" ގައި އާލިއާ ފެނިގެންދާނީ 1952 ގެ "ބައިޖޫ ބަވްރާ" ގައި މީނާ ކުމާރީ ކުޅުނު ގޯރީގެ ކެރެކްޓާއިން ކަމަށެވެ. ދީޕިކާ ފެންނާނީ ކުލްދީޕް ކޯރް ކުޅުނު ރޫޕްމަތީގެ ރޯލުންނެވެ.
ދީޕިކާ އާއި ރަންބީރް ކުރިން ވަނީ ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ "ތަމާޝާ" އާއި "ޔެ ޖަވާނީ ހެ ދީވާނީ" ގެ އިތުރުން "ބަޗްނާ އޭ ހަސީނޯ" އެވެ. ރަންބީރާއި އާލިއާގެ އަލަތު ފިލްމަކީ އަންނަ އަހަރު ގެނެސްދޭ "ބުރަހްމަސްތުރާ" އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން