ބެލްޖިއަމް އަށް ވަނީ ކޮވިޑްގެ ސުނާމީއެއް އަރާފައި ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ބެލްޖިއަމްގެ ހެލްތު މިނިސްޓަރު ފްރޭންކް ވަންޑެންބްރޯކެ ވަނީ އެގައުމު ކޮވިޑްގެ ސަބަބުން ކޮންްޓްރޯލުން ނެއްޓިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު ބެލްޖިއަމް އިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގައުމުގެ ރެސްޓޯރަންޓު ތަކާއި ބާތައް ކުރިއަށް އޮތް ހަފްތާއަށް ބަންދުކޮށްފައިވާއިރު އެގައުމުގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ މަޝްވަރާ ފަށާފައެވެ.

ބެލްޖިއަމް ގައި ކޮވިޑް ޖެހިގެން ކޭސްތައް ފެންނަ ނިސްބަތް ވަނީ ދުވާލަކު 10،000 އިން މައްޗަށް އަރާފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ބެލްޖިއަމް އިން ދެ ލައްކަ އަށްވުރެން ގިނަ މީހުން ވަނީ ރެކޯޑުކޮށްފައެވެ އަދި 10413 މީހުން އެގައުމުން ބަލިޖެހިގެން މަރުވެފައި ވެއެވެ.