މާލޭގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:55 ހާއިރު، މާލޭގެ ލެ ޓްރެފިކް ކެފޭ ކައިރީގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހެއްގެ ބޯ ފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި މީހުން އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާ ކަމަށާއި އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ސާފެއް ނުވެ އެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭގައި މިއަދު ހެނދުނު މާރާމާރީއެއް ހިންގާފައިވާއިރު، ރޭ އައްޑޫގައި ވެސް ވަނީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިފަ އެވެ. އެ މާރާމާރީގައި އެ މީހާގެ އަތުގެ ދެ އިނގިއްޔެއްގެ އިތުރުން ހަށިގަނޑުގެ ގިނަ ތަންތަނަށް ހަމަލާދީފައިވެ އެވެ.
އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތަކެއް "ވަން" އަށް ލިބިފައިވާއިރު އެ ފޮޓޯތަކުން އެމީހާގެ ބަނޑާއި ކޮނޑު ކައިރިއަށް ހަމަލާދިނުމުން ފުން ޒަހަމްތަކެއް ލިބިފައިވާތަން ފެނެ އެވެ. އެ ޒުވާނާގެ ހާލު ރަނގަޅު ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް އިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު