އަބަދުވެސް ބޮލުތެރޭގައި ލަވައެއް ހަނދާން ނެތިގެން އެލަވައިގައި ކިޔާ ގޮތަަށް ލަވައެއް ހަނދާން ނެތިގެން ދެން އުޅޭކަށް ނުޖެހޭނެ އެވެ. ގޫގުލްގެ "ހޫމް ޓު ސާޗް" އިން މިހާރު އެލަވައެެއް ހޯދައިދޭނެއެވެ.

ގޫގުލް އިން ވަނީ މިފީޗާ ގޫގުލް އެޕް މެދުވެރިކޮށް އައިއޯއެސް އަދި އެންޑްރޮއިޑް އިން ވެސް ލަވަތައް ހޯދައިލެވޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން ގޫގުލް އެސިސްޓެންޓު މެދުވެރިކޮށްވެސް ހޯދައިލެވޭނެއެވެ.

ގޫގުލް މެދުވެރިކޮށް ލަވައިގެ މެލޮޑީއެއް ހަނދާން ހުރިވަރަކަށް "ހޫމް ހޫމް ހޫމް" ލައްވާލުމުން ގޫގުލް އިން އެއާ އެންމެ ގާތްކުރާ ލަވަތައް ހޯދައިދޭނެއެވެ.

ގޫގުލް އިން ވަނީ 10 ނޫނީ 15 ސިކުންތު ތެރޭ ގޫގުލް އަށް އެންމެ ލަފާކުރެވޭ ލަވަ ހޯދައިދޭނެ ކަމަށް ބުނެފައެވެ.