ބޮލީވުޑްގެ މަޝްހޫރު ބަތަލު ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އުމުރުން 33 އަހަރުގެ ވަރުން ވަނީ ރާއްޖޭގައި ފޮޓޯ ނެގުމަށްފަހު އިއްޔެ އޭނާގެ އިންސްޓަގްރާމު އެކައުންޓުގައި ހިއްސާކޮށްފައެވެ. އެގޮތުން ވަރުން ވަނީ ރާއްޖޭގެ ރިސޯޓެއްގެ ޕޫލެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، މަޝްހޫރު ބަތަލާ މޯނީ ރޯއީ ވެސް ވަނީ އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް މީގެ ދެ ހަފުތާ ކުރިން ރާއްޖެއަށް އައިސްފައެވެ. މޯނީގެ އިތުރުން މިދިޔަ މަހު ވަނީ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ވެސް އޭނާގެ ދައްތަމެންނާއެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން