އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އަށް މިލިއަނަށް އަރައިފި އެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 8،008،402 އަށް އަރައިފަ އެވެ. އަދި އެބަލީގައި އެގައުމުން މިހާތަނަށް 218،000 އަށްވުރެން ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އެމެރިކާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރުވަމުން އަންނައިރު، އެގައުމުގެ ބައެއް ސިޓީތަކުގެ އައިސީޔޫތައް ފުރި، ސިއްހީ ނިޒާމަށް ވަނީ ބާރު ބޮޑުވެފަ އެވެ.
އެމެރިކާ އަކީ މުޅި ދުނިޔެއިން ވެސް މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ގައުމެވެ. ދެވަނައިގައި އިންޑިއާ އޮތްއިރު، ތިންވަނައިގައި އޮތީ ބްރެޒިލް އެވެ.
އެގޮތުން އިންޑިއާގައި މިހާތަނަށް 7.4 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބްރެޒިލްގައި ކޮވިޑް ޖެހިފައިވާ ތިބީ 5.2 މިލިއަން މީހުންނެވެ.
މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 39 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު އެބަލީގައި މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ