ޗައިނާއިން އިމަޖެންސީ ހުއްދައެއްދީ އާންމުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.
ޗައިނާގެ ސައިނޯވެކް އިން އުފެއްދި ވެކްސިން އެގައުމުގެ ޖިއާޒިން ސިޓީގެ އާންމުންނަށް ވެކްސިން ދޭން ފަށާފައިވާއިރު އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ހައިރިސްކު މީހުންނާއި އެސިޓީގެ އާންމު މަސައްކަތުގައި އުޅޭ މީހުންނަށް ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ޗައިނާގެ ނެޝަނަލް ބަޔޯޓެކް ގްރޫޕުން އުފައްދަމުންގެންދާ ވެކްސިން ވެސް ގައުމުން ބޭރަށް ތައުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ދޭން ވަނީ ފަށައިފައެވެ. އެކުންފުނިން ވަނީ ދަރިވަރުންނަށް ދޭން ނިންމާފައިވަނީ އެކުދިންގެ ރައްކާތެރިކަމުގެ އިތުރުން ޗައިނާގެ ރައްޔިތުންނާ މެދު ތަފާތުކުރުން ގެންގުޅުން ހުއްޓުވުމަށް ކަމަށް ބުނެފައެެވެ.
ޗައިނާގެ މި ދެ ވެކްސިން ވެސް މިހާރު ވަނީ ޓެސްޓުތަކުގެ އެންމެ ފަހުގެ މަރުހަލާގައެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ ހާއްސަ އިމަޖެންސީ ހުއްދައެއް ދީފައެވެ.
ޗައިނާއިން މިހާތަނަށް ފަސް ވެކްސިނެއްގެ އެންމެ ފަހުގެ މަރުހަލާގައި ޓެސްޓުތައް ކުރަމުން އަންނަ އިރު، އެގައުމުން ވަނީ މިއަހަރު ނިމުމުގެ ކުރިން އާންމުންނަށް ކޮވިޑް ވެކްސިން ލިބެން ހުންނާނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ