ޓެލެވިޒަން އިންޑަސްޓްރީގެ މަޝްހޫރު އަދި ކާމިޔާބު ބަތަލާ އަނީތާ ހަސަނަންދާނީ ބަލިވެއިން ކަމަށް އޭނާ ބުނެފިއެވެ.
އަނީތާ ބަނޑުބޮޑުކަން އޭނާ ހިއްސާ ކުރީ މިދިޔަ ހަފުތާގައި އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. އަނީތާ އަދި ފިރިމީހާ ރޯހިތު ރެޑީ އަށް ފުރަތަމަ ދަރިފުޅަކު ލިބެން އުޅޭތީ ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. އަނީތާ އަލަތު ދަރިއަކަށް ބަލިވެ އިންއިރު އެދެމީހުންގެ ކައިވެންޏަށް މިހާރު 7 އަހަރު ވެއްޖެއެވެ.
އަނީތާ އަކީ ޓީވީ އިން ގެނެސްދިން މަޝްހޫރު އެތައް ޑްރާމާތަކެއްގެ ލީޑްރޯލުތަކުން ފެނިފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި "ނާގިން" އާއި "ޔޭ ހޭ މޮހަބައްތޭން" އާއި "ޔޭ ހޭ އާޝިގީ" އާއި "ކިޔޫ ކީ ސާސް ބީ ކަބީ ބަހޫ ތީ" ފަދަ އެތައް ސިލްސިލާއެއް ހިމެނެއެވެ.
މިވޭތުވެދިޔަ ދެތިން މަސް ތެރޭގައި ބޮލީވުޑް އަދި ޓީވީ އިންޑަސްޓްރީގެ ގިނަ ބަތަލާއިން ވަނީ އެމީހުން ބަލިވެއިން ކަމުގެ އުފާވެރި ހަބަރު ހިއްސާކޮށްފައެވެ. އޭގެތެރޭގައި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާން، އަނުޝްކާ ޝަރްމާ އަދި އަމްރިތާ ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން