ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ބަންގްލަދޭޝްގެ 7،732 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.
މޯލްޑިވިއަނުން މިއަދު ބުނީ، އެ އެއާލައިންގެ ފްލައިޓެއްގައި ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު ޑާކާއަށް ފޮނުވާލާފައިވާ ކަމަށެވެ. މިއަދު ފުރި ފްލައިޓަކީ ބިދޭސީން ގައުމަށް ފޮނުވާލުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ބޭއްވި 40 ވަނަ ފްލައިޓް ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް 60،000 އެއްހާ ބިދޭސީން އުޅޭނެ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުން ދައްކަ އެވެ. އަދި ބިދޭސީން އެ ގައުމަށް އަނބުރާ ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރު 20،000 ބިދޭސީން ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު