އެވިޑް ކޮލެޖުގެ އަންނަ އަހަރުގެ ޖެނުއަރީ ސެމެސްޓާގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި އެވިޑް ކޮލެޖުން ފެށުމަށް ނިންމާފައިވާ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ކޮލެޖުން އިއްޔެ ފޭސްބުކް ލައިވް މެދުވެރިކޮށް ބޭއްވި ވާޗުއަލް އޯޕަންޑޭގައެވެ.
އެގޮތުން އަންނަ ޖެނުއަރީ މަހު އެ ކޮލެޖުން އެކި ދާއިރާތަކުން ހަތްދިހަ އަށްވުރެ ގިނަ ކޯސް ފެށުމަށް ނިންމާފައިވާ ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ. އެވިޑް ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި އެ ކޮލެޖުން ކޯސްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ؛
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ޕްރޮޖެކްޓް މެނޭޖްމެންޓް
- ހިއުމަން ރިސޯސް މެނޭޖްމެންޓް
- އެކައުންޓިން އެންޑް ފައިނޭންސް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އޮފީސް މެނޭޖްމެންޓް
- އެޑިޔުކޭޝަނަލް ލީޑާޝިޕް
- ޓީޗިންގް ސެކަންޑްރީ
- ޓީޗިންގް ޕްރައިމަރީ
- އާލީޗައިލްޑްހުޑް އެޑިޔުކޭޝަން
- ޝަރީއާ އެންޑް ލޯ
- ގުރުއާން ޓީޗިންގް
- ސައިކޮލޮޖީއާއި ކައުންސެލިންގް، އަދި
- އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން އެވެ.
އެވިޑް ކޮލެޖުން މައުލޫމާތު ދޭގޮތުގައި އެ ކޮލެޖުގައި މި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތަކުން ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ ލެވެލް، އެސޯސިއޭޓް ޑިގްރީ ލެވެލް، ބެޗްލާސް ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ކޯސްތައް ހިންގައެވެ.
މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ސެމެސްޓާ އަށްވެސް އެ ކޮލެޖުން ސްކޮލާޝިޕްގެ ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ. އެގޮތުން އެވިޑް ކޮލެޖްގެ ޗެއާމަންގެ ބައްޕާފުޅުގެ ނަންފުޅަށް ހާއްސަކުރައްވައިގެން "ނައިބުރަޝާދު ސްކޮލާޝިޕް" ފުރުސަތުގެ ގޮތުގައި މިފަހަރުވެސް 30 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.
މީގެ ތެރޭގައި އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަހަށް ހާއްސަކޮށް މާސްޓާސް ފެންވަރުގެ ދެ ފުރުސަތާއި، ޑިޕްލޮމާ ފެންވަރުގެ ތިން ފުރުސަތު، ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް 15 ފުރުސަތު ހިމެނޭ ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ. މާލޭގައި ހުންނަ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހަށް ހާއްސަކޮށް މާސްޓާސް ލެވެލްގެ ދެ ފުރުސަތު، ޑިޕްލޮމާ ލެވެލްގެ ތިން ފުރުސަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް ފަސް ފުރުސަތު ހިމެނޭ ކަމަށް އެ ކޮލެޖުން ބުނެއެވެ.
އެވިޑް ކޮލެޖުން ހިންގާ ކޯސްތަކާބެހޭ އިތުރު މައުލޫމާތު އަދި އެ ކޮލެޖުން ދޭ ސްކޮލާޝިޕްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގެ ނަންބަރު 6846768 އަދި މާލޭގައި ހިންގާ ޑައިމަންޑް ކެމްޕަހުގެ ނަންބަރު 3006768 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް އަތްފޯރާ ފަދަ އަގެއްގައި ދެމުން އަންނަ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން ކޯސްތަކުގައި އެވިޑް ކޮލެޖުން ކިޔަވަމުން ގެންދެއެވެ.
އެވިޑް ކޮލެޖް
އެވިޑް ކޮލެޖް