ޓެކްނޮލޮޖީ

އެޕަލްގެ ސްމާޓް ސްޕީކަރު "ހޯމްޕޮޑް މިނީ" ތައާރަފު ކޮށްފި

މުހައްމަދު އައުޒަމް

އެޕަލްގެ ސްމާޓް ސްޕީކަރު، "ހޯމްޕޮޑް މިނީ" ތައާރަފު ކޮށްފިއެވެ.

އެޕަލް އިން ކުރިޔަށްގެންދިޔަ ހާއްސަ އޮންލައިން އިވެންޓް ގައި އެކުންފުނިން ވަނީ އެޕަލްގެ "ހޯމްޕޮޑް މިނީ"ގެ ހާއްސަ މައުލޫމާތުތައް ވެސް އާންމު ކޮށްފައެވެ.

99 ޑޮލަރަށް ވިއްކުމަށް ހަމަޖައްސާފައިވާ "ހޯމްޕޮޑް މިނީ"ގެ ސްޕޭސް ގްރޭ އަދި ހުދުކުލަ ވަނީ ދައްކައިލައިފައެވެ.

އެޕަލް އިން ވަނީ "ހޯމްޕޮޑް މިނީ" ސްޕީކަރު ގޭތެރޭގައި ސްޓީރިއޯ ކޮށް ބޭނުން ކުރެވޭނެކަމަށް ބުނެފައެވެ. ސްޓީރިއޯކޮށް ބޭނުން ކުރުމަށް "ހޯމްޕޮޑް މިނީ"ގެ ދެ ސްޕީކަރު ބޭނުންކުރަން ޖެހޭނެއެވެ. ސްޕީކަރުތައް އަމިއްލައަށް ސިންކު ވާނެ ކަމަށްވެސް އެޕަލް އިން ބުނެއެވެ.

އެޕަލްގެ "ހޯމްޕޮޑް މިނީ" އަށް އޯޑަރު ނެގުން އަންނަ މަހުގެ ހަވަނަ ދުވަހު ހުޅުވާލާއިރު އަންނަ މަހުގެ 16 ވަނަ ދުވަހު ބާޒާރަށް ނެރޭނެކަމަށް އެކުންފުނިން ބުނެއެވެ.