މުނިފޫހިފިލުވުން

ޖެކޮލިންގެ ބަދަލުގައި ޓްރެއްސެމޭ އިންޑިއާ އެމްބެސެޑަރަކަށް އާލިއާ

އީމާ މުހައްމަދު ވަހީދު

މަޝްހޫރު ހެއަރ ކެއަރ ބްރޭންޑެއް ކަމަށްވާ ޓްރެއްސެމޭ އިންޑިއާގެ ބްރޭންޑް އެމްބެސެޑަރުކަން މަޝްހޫރު ބަތަލާ ޖެކޮލިން ފާނެންޑެސްގެ އަތުން ނެގުމަށް ފަހު ބަތަލާ އާލިއާ ބަޓް އަށް ދީފިއެވެ.

2016 ވަނަ އަހަރު ޖެކޮލިން ލީޑްރޯލުން ފެނިގެން ދިޔަ "ދިޝޫމް" ގެ ކާމިޔާބީއަށް ފަހު ޓްރެއްސެމޭ އިން ވަނީ އެ ބްރޭންޑްގެ އިންޑިއާ އެމްބެސެޑަރުކަން ޖެކޮލިން އަށް ދީފައެވެ. އެހެންނަމަވެސް މިހާރު މިވަނީ އެ މަގާމު ޖެކޮލިން އަތުން ނެގުމަށް ފަހު އާލިއާއާ ހަވާލުކޮށްފައެވެ.

އާލިއާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އަދި އެންމެން އަގުބޮޑު އެއް ބަތަލާއެވެ. އެގޮތުން އާލިއާ އަންނަނީ މިހާރުވެސް ގިނަ ބްރޭންޑްތަކެއްގެ އެމްބެސެޑަރުކަން ކުރަމުންނެވެ. އޭގެތެރޭގައި، މޭކް މައި ޓްރިޕް އާއި ލޭސް އަދި ފްރެންކްފިން އެއާލައިންސް ހިމެނެއެވެ.

ޖެކޮލިން ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާން ހާން އާއިއެކު "ކިކް 2" އިންނެވެ. އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ގަންގޫބާއި ކަތިއަވަޑީ" އިންނެވެ.