އިންތިހާބުގެ ދުވަސްވަރު ބޯ ހަމަޖައްސައިލުމަށް ހާއްސަ ހޮހޮޅަ ހޮޓަލެއް ހުޅުވައިފިއެވެ.
ބިމަށް ވުރެން 50 ފޫޓު އަޑީގައި ހަދާފައިވާ މި ހޮޓާ ހުޅުވަން ނިންމާފައި ވަނީ އަންނަ މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ހަމަޖެހިފައިވާ ދުވަސްވަރާ ދިމާކޮށެވެ.
ނިއު މެކްސިކޯގައި ހުންނަ މި ހޮޓާ ބުކް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ދެއަކުން ހަތް ވަނަ ދުވަހާ ދެމެދު އެވެ. ހޮޓަލުގެ މައުލޫމާތު އާންމުކޮށްފައިވާ ފަރާތްތަކުން ބުނެފައި ވަނީ އިންތިހާބުގެ ދުވަސްވަރަކީ ފިކުރު ބޮޑުވުމާއި ހާސްކަމާއި ނުތަނަވަސްކަންކަން ލިބޭ ދުވަސްވަރެއް ކަމަށާއި މި ހޮޓަލުގެ ސަބަބުން އެފަދަ މީހުންނަށް ތަފާތު މާހައުލެއްގައި ހިތްހަމަޖެހުން ހޯދޭނެ ކަމަށެވެ.
ފަސް ދުވަހުގެ މުއްދަތަށް މިތަނުގައި ހުންނަން ބޭނުންވާ މީހަކު ދައްކަން ޖެހެނީ ރެއަކަށް 5 ޑޮލަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ