ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލައިރު 30 ޕަސެންޓް ދަށްވެއްޖެ އެވެ.
މީރާ އިން ކޮންމެ މަހަކު ނެރޭ މާލީ ރިޕޯޓުގެ ސެޕްޓެމްބަރު މަހުގެ އަދަދުގައިވާ ގޮތުން މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 843.04 މިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 762.8 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބުނު 73.4 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހު ޑޮލަރުން 80.1 މިލިއަން ލިބުނެވެ. އަދި މިދިޔަ މަހު ޑޮލަރުން 6.74 މިލިއަން ލިބުނެވެ.
މީރާ އިން ބުނީ ދައުލަތުގެ އާމްދަނީ މިދިޔަ މަހު ދަށްވީ ކޮވިޑް-19އާ ހެދި ކަމަށެވެ. އެގޮތުން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވި ކަމަށް އެ އިދާރާ އިން ބުންޏެވެ.
އެގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސްގެ އާމްދަނީ މިދިޔަ މަހު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ޓޫރިޒަމް ބިމު ކުލި ދެއްކުމުގެ ސުންގަޑި އިތުރުކުރުމާ ގުޅިގެން ވެސް މިދިޔަ މަހު ލިބުނު އާމްދަނީ މަދުވި ކަމަށް މީރާ އިން ބުންޏެވެ.
ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވި ނަމަވެސް، އޮގަސްޓް މަހުގެ އަމްދަނީ ވަނީ 97.6 ޕަސެންޓް އިތުރުވެފަ އެވެ. އެއީ މީރާ އިން ބުނި ގޮތުގައި، ކޮވިޑާ ގުޅިގެން ފަސްކުރި ޓެކްސްގެ ސުންގަޑިތައް އޮގަސްޓު މަހަށް ހަމަވުމުންނާއި ފަސްކޮށްދިން ކުލިތައް ވެސް އެމަހު ލިބުމުން އައި އިތުރުވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު