އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މިދިޔަ މަހު ބޭއްވި ހަފްލާއެއްގައި ބައިވެރިވި 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފިއެވެ.
ވައިޓް ހައުސްގެ ކޮވިޑް ޓާސްކް ފޯސްގެ މެންބަރު ޑރ ފައުސީ ވިދާޅުވެފައިވާ ގޮތުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެތަނުގައި ބާއްވާފައިވާ އިވެންޓުގައި ބައިވެރިވި މީހުންގެ ފަރާތުންވެސް ގިނަ ބަޔަކަށްް ވަނީ ކޮވިޑް ޖެހިފައެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ވައިޓް ހައުސްގައި ބާއްވާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އެގައުމުގެ ސުޕްރީމް ކޯޓަށް ކަނޑައަޅާ ފަރާތް ހާމަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެކެވެ.
ފައުސީ ވިދާޅުވީ އެ އިވެންޓުގައި ބައިވެރިވި ގިނަ މީހުން ތިބީ މާސްކު ނާޅައި ކަމަށާއި ގައިދުރު ކަމެއްވެސް ނެތް ކަމަށެވެ.
އިވެންޓުގައި ބައިވެރިވި މީހުންގެ ތެރެއިން ރައީސް ޓްރަމްޕްގެ އިތުރުން އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް ވެސް ވަނީ ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ އިތުރުން ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ އާއި ދެ ސެނެޓަރުން އަދި ޓްރަމްޕްގެ ކައުންސެލާ ވެސް ޕޮޒިޓިވްވެފައިވެއެވެ.
ހަލުވިކަމާއެކު އެމެރިކާގައި ކޮވިޑް ފެތުރެމުންދާ އިރު، އެގައުމުގެ އާންމު ތަންތަނުގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ގަވާއިދަށް އަމަލުކުރުމުގައި ވައިޓް ހައުސް އިސްތިސްނާވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ