ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ދުނިޔެއިން 338،779 ކޮވިޑް ކޭސް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ ރެކޯޑްތަކުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރަކީ އެއްދުވަސްތެރޭ ދުނިޔެއިން އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ދުވަސް ކަމުގައި ފާހަގަ ކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 78،524 ކޭސް ފެނިފައިވާއިރު ބްރެޒިލް އިން ވަނީ 41،906 ކޭސް ފެނިފައެވެ. އެމެރިކާއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 38،904 ކޭސް ފެނިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
މީގެ ކުރިން އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާކަމަށް ރެކޯޑްކުރެވިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން 330،340 ކޮވިޑް ކޭސް ވަނީ ފެނިފައެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު މުޅިދުނިޔެއިން 5514 މީހުން ކޮވިޑް ޖެހިގެން މަަރުވެފައިވެއެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން