އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމުގައި ސަމާލުވުމަށް ބީއެމްއެލް އިން އެދިއްޖެއެވެ.
ބީއެމްއެލް އިން ކުރި ޓުވީޓެއްގައި އިންޓަނެޓް ބޭންކިންގް އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވާ ފަރާތުގެ އެކައުންޓު ނަންބަރު ޔަގީން ކުރުމަށް އެދިފައި ވެއެވެ.
ފައިސާ ފޮނުވާ ފަރާތުގެ އެކައުންޓް ނަންބަރު ޔަގީން ކުރުމުގެ އިތުރުން ނުދަންނަ މީހުންނަށް ފައިސާ ނުފޮނުވުމަށް ބީއެމްއެލް އިން އެދިފައި ވެއެވެ. ހަމައެއާއެކު އެއްވެސް ހާލަތެއްގައި ބީއެމްއެލްގެ އެއްވެސް ކަސްޓަމަރަކަށް ފައިސާ ފޮނުވުމަށް އެދި އެ ކުންފުނިން ނުގުޅާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.
އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމުގައި ސަމާލުވުމަށް ބީއެމްއެލް އިން އެދިފައިވާއިރު، މީގެ ކުރިން އެކި ފަހަރު މަތިން ދޮގު ހަދައި، މީހުންނަށް އޮޅުވާލައިގެން މީހުން އަތުން ފައިސާ ފޭރުމުގެ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް