ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރިއާ ޗަކަރަބޮޓީ ޝަރުތަކާއިއެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ބޮމްބޭ ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ރިއާގެ ލޯބިވެރިޔާ ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައާއި ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ(އެންސީބީ) އިން ތަހްގީގު ކުރި މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ރިއާ ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލީ އެއްލައްކަ ރުޕީސް ޕާސަނަލް ބޮންޑުގެ ގޮތުގައި ދައްކަން ޖެހޭ ގޮތަށެވެ.
ބޮމްބޭގެ ހައިކޯޓުން ރިއާ ކަފާލާތުގެ ދަށުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ހުއްދައާއި ނުލައި މުމްބާއީ އިން ބޭރަށްވެސް ނުދެވޭ ގޮތަށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ހެނދުނު 10 ޖަހާއިރު ރިއާ ފުލުހަށްވެސް ހާޒިރުވާން ޖެހެއެވެ. ރިއާ ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، ރިއާ ހައްޔަރުކުރި މައްސަލައާއި ގުޅުން ހުރި އެއްވެސް ބަޔަކާ ބައްދަލުކުރުންވެސް ވަނީ މަނާ ކޮށްފައެވެ.
ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލަން ކޯޓުން ނިންމި ނަމަވެސް، ހަމަ އެމައްސަލައާއި ގުޅިގެން ހައްޔަރުކުރި ރިއާގެ ބޭބެ ޝޯހިކް ޗަކަރަބޮޓީ ދޫނުކުރަން ކޯޓުން ވަނީ ނިންމައިފަ އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް