ޝަކުން ބަޓްރާގެ ފިލްމުގެ ޝޫޓިންތައް އަލުން ފެށުމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑްކޯނު އެނބުރި ގޯއާ އަށް ދިއުމަށް ނިންމައިފިއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ޝަކުން ބަޓްރާގެ ފިލްމުގެ ޝޫޓިންތައް ފެށުމަށް ޓަކައި ދިޕިކާ ވަނީ ގޯއާއަށް ގޮސްފައެވެ. އެހެންނަމަވެސް ޝޫޓިންތައް ކުރިއަށް ދަނިކޮށް ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އިން ތަހުގީގު ކުރަމުން ދިޔަ މަސްތުވާތަކެތީގެ މައްސަލައެއްގައި ދިޕިކާ އެ އިދާރާއަށް ހާޒިރުވުމަށް އެންގުމުން ދިޕިކާ ވަނީ ޝޫޓިންތައް މެދުކަނޑާލުމަށްފަހު އެނބުރި މުމްބާއީ އަށް ގޮސްފައެވެ.
މީގެ ދެހަފްތާ ވަރު ކުރިން އެންސީބީއަށް ހާޒިރު ވެ ބަޔާން ދިނުމަށް ފަހު މިހާރު އެނައްކާ ދިޕިކާ ތައްޔާރުވަމުން އަންނަނީ އަލުން ޝޫޓިންތަކާ ގުޅުމަށް އެނބުރި ގޯއާއަށް ފުރުމަށެވެ.
ލީޑްރޯލުން އަނަންޔާ ޕާންޑޭ އަދި ސިދާންތު ޗަތުރަވެދީ ވެސް ފެނިގެންދާ ޝަކުން ބަޓްރާގެ ފިލްމުގެ ނަން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ. ދިޕިކާ މުމްބާއީގައި ހުރި ދުވަސްވަރު ފިލްމުގެ ޓީމުން ވަނީ އަނަންޔާ އަދި ސިދާންތު އެކަނި ފެންނަމަންޒަރުތަކުގެ ޝޫޓިން ކުރިއަށް ގެންގޮސްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް